ތަޤްވާވެރިކަމަކީ މުއުމިނުންގެ ޝަރަފް: ޙައްޖު ޚުތުބާ

ތަޤްވާވެރިކަމަކީ މުއުމިނުންގެ ޝަރަފް: ޙައްޖު ޚުތުބާ

Author
ހުސައިން
05 ޖޫން 2025 03:00
0

މައްކާ: މަސްޖިދުލް ޙަރާމްގެ އިމާމް ޝައިޚް ޑރ. ޞާލިޙް ބިން ޢަބްދުﷲ މަސްޖިދުލް ނިމްރާގައި މިއަދު ޙައްޖު ޚުޠްބާ ދެއްވައިފިއެވެ.

އިމާމް ޝައިޚް ޑރ. ޞާލިޙް ބިން ޢަބްދުﷲ، ޙައްޖު ޚުޠްބާ ދެއްވަމުން ވިދާޅުވީ، ތަޤްވާވެރިކަމަކީ މުއުމިނުންގެ ޝަރަފް ކަމުގައެވެ. އަދި ތަޤްވާވެރިކަމަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމުގެ ސަބަބު ކަމުގައިވެސް މިއަދު ޙައްޖު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ﷲގެ ރަސޫލާ (ﷺ) ހަދީސް ކުރެއްވިއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް އަޅުކަންކުރާށެވެ، ތިޔަބައިމީހުން އެކަލާނގެ ދެކެ ހުރިހެން ފަދައިންނެވެ، ނުވަތަ ﷲ އަށް އަޅުކަންކުރާށެވެ، އެކަލާނގެ ތިޔަބައިމީހުންނަށް ބައްލަވާ ވޮޑިގެންވާ ފަދައިންނެވެ." ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި ވިދާޅުވީ، ޝައިޠާނާއަކީ ތިޔަބައިމީހުންގެ ފާޅުވެގެންވާ ދުޝްމަނެއް ކަމުގައެވެ. ﷲ އަމުރުކުރައްވާފައިވަނީ ހެޔޮ ޢަމަލުތައް ކުރުމަށް ކަމަށާއި، ނުބައި ކަންތައްތަކުން ދުރުހެލިވުމަށެވެ. އަދި ހެޔޮ ޢަމަލުތަކުން ނުބައި ޢަމަލުތައް ފޮހެލާ ކަމަށާއި، އެހެންކަމުން ވީހާވެސް ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތްކުރަންވާނެ ކަމަށް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، އިންސާނާ ނަފްސާނީ ބަލިތަކުން ދުރުހެލިވާންވާނެ ކަމަށެވެ. ސަބަބަކީ ނަފްސާނީ ބަލިތަކުގެ ސަބަބުން އިންސާނާއަށް ﷲއާއި ކުއްތަންވުމަށް ނުކުޅެދޭ ކަމަށާއި، ރަމަޟާން މަހުގެ ރޯދަ މުއްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވަނީ، އެބައިމީހުންގެ ކުރީގެ އުންމަތްތަކަށް ފަރުޟުކުރެއްވި ފަދައިން ކަމަށެވެ. ރޯދައިން އިންސާނާ ނަފްސާނީ ބަލިތަކުން ސާފު ކޮށްދޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ޢަހުދާއި ވަޢުދު ފުރިހަމަކުރާށެވެ. ވާހަކަދައްކާ ކޮންމެ ފަހަރަކު ރަނގަޅަށް ވާހަކަދައްކާށެވެ. ﷲ ކިޔަމަންތެރި އަޅުންނަށް ފުރިހަމައަށް ސަވާބު ދެއްވާނެއެވެ. ﷲ ވަނީ އެކަލާނގެ ޝުކުރުވެރިވާ އަޅުތަކުންނަށް ވަޢުދުވެވަޑައިގެންފައެވެ، އެބައިމީހުން ޝުކުރުވެރިވާ މިންވަރަށް އެކަލާނގެ ނިޢުމަތްތައް އިތުރުކުރައްވާނެ ކަމަށެވެ.

ޚުޓުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.