ބަނގުރާ ފުޅިތަކަކާއެކު ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

Author
ހުސައިން
09 މެއި 2025 08:55
0

ހުޅުމާލެ ފޭސް އެކެއްގެ މިދިލި މަގުން ދުއްވަމުންދިޔަ ވޭނެއް ފުލުހުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު، ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 40 ފުޅި އަތުލައިގަތްކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި މައްސަލައިގައި އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހާދިސާއާ ގުޅިގެން އެމީހުން ދުއްވަމުންގެންދިޔަ ވޭން ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައާ ގުޅޭ އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށާއި، ހާދިސާގެ ތަފްސީލް އިތުރަށް ހާމަކުރާނެކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި އެކިފަހަރުމަތިން މިފަދަ މަސްތުވާތަކެތި އަދި ބަނގުރަލުގެ މުޢާމަލާތްތައް ހިންގާކަން ފާހަގަކުރެވިފައިވާއިރު، ފުލުހުން މިފަދަ މައްސަލަތައް ހުއްޓުވުމަށް ޚާއްޞަ އޮޕަރޭޝަންތައް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.