ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް

Author
އަހުމަދު
31 އޮގަސްޓް 2026 11:14
0

ތިނަދޫ ސިޓީގެ ދެކުނު ސަރަހައްދުގައި އޮންނަ ކުޅިއަށް، ގާނޫނާ ޚިލާފަށް ކެމިކަލް ފެނާއި ސިމެންތި ފެން އަޅައި ގެއްލުންދިން މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅަން ތިނަދޫ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ކައުންސިލުން ފެންމަތިކުރީ މިދިޔަ ހޮނިހިރު ދުވަހު އެ ކައުންސިލްގެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްގެންނެވެ. އެ ޕޯސްޓާއެކު ހިއްސާކުރި ވީޑިއޯއިން، ކޮންސްޓްރަކްޝަން ސައިޓަކުން ކުޅީގެ ތެރެއަށް ސީދާ ފެން ދޫކޮށްފައި ހުރި ފެންހޮޅިއެއް ފެނެއެވެ. ނަމަވެސް އެއީ ކޮން ސައިޓެއް ކަމެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

'ސަން’އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، ކުޅިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި ޒިންމާވާ ފަރާތަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީއަށް ހުށަހެޅުމުގެ މަސައްކަތް ކައުންސިލްގެ ލީގަލް ޑިޕާޓްމެންޓުން މިހާރު ކުރަމުންދާ ކަމަށެވެ.

"ކެމިކަލް ފެންވީމަ އެ ސަރަހައްދުގެ ދިރުންތަކަށާއި އެ ތަނުގައި ދިރިއުޅޭ ދޫނިތަކަށް ވެސް އޭގެ އަސަރުކުރާނެ. އެހެންވެ އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅަން އެބަ މިނިސްޓްރީއަށް،" މޭޔަރު ވިދާޅުވިއެވެ.

ރަށްރަށުގެ ގުދުރަތީ ދިރުންތަކަށް ގެއްލުންދޭ މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެފައި އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.