ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

Author
އަހުމަދު
31 އޮގަސްޓް 2026 11:13
0

މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް 17.37 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު 12.04 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 44.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ގޮތެއްގައި 5.33 މިލިއަން ރުފިޔާގެ އިތުރުވުމެއް ވަނީ ފެނިފައެވެ.

ޒަކާތު ފަންޑުން ޖުލައި މަހުގެ ތެރޭގައި 2.80 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 1.75 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށެވެ. މީގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާއަށް، 155،950 ރުފިޔާ ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް އަދި 115،250 ރުފިޔާ ޒަރޫރީ ބޭނުންތަކަށް ވަނީ ދޫކޮށްފައެވެ.

ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހަދައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރި ފަހުން، ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.