ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި 62 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، ހެނދުނު 7:44 ހާއިރު ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ހިނގި މި ހާދިސާއަކީ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އަނިޔާވި ދެ މީހުންނަކީ ސައިކަލުގައި ތިބި ދެ ދިވެހިންނެވެ. އެ ދެ މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއީ ފަހަކަށް އައިސް ހުޅުމާލޭގައި ހިނގި މިފަދަ ދެވަނަ ބޮޑު ހާދިސާއެވެ. ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 9 އަހަރުގެ އަންހެން ކުއްޖަކަށް އަދިވެސް ދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ