ވާނީގައި ތަމްރީނު ކުރިއަށްދަނިކޮށް ހާލު ސީރިއަސްވި ރެކްރޫޓެ އޮތީ ވެންޓިލޭޓަރުގައި

ވާނީގައި ތަމްރީނު ކުރިއަށްދަނިކޮށް ހާލު ސީރިއަސްވި ރެކްރޫޓެ އޮތީ ވެންޓިލޭޓަރުގައި

Author
ހުސައިން
07 މެއި 2025 05:23
0

ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ކުރިއަށްދަނިކޮށް ހާލު ސީރިއަސްވި ރެކްރޫޓެއް މިވަގުތު ވަނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން މިއަދު މައުލޫމާތު ދެއްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަހު އެރެކްރޫޓްގެ ހާލު ކުއްލިއަކަށް ދެރަވުމާ ގުޅިގެން ވާނީ ހެލްތު ސެންޓަރަށް ގެންދެވުނެވެ. އެހެންނަމަވެސް، އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމްއެޗަށް ބަދަލުކުރެވިފައެވެ.

ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭގޮތުން ދެއްވި މައުލޫމާތުގައި، އެ ރެކްރޫޓްގެ ހާލު ވަރަށް ސީރިއަސްކަމަށާއި، މިވަގުތު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ބޭތިއްބައިގެން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާތަނަށް މި ރެކްރޫޓާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުންގެ ތަމްރީނުތަކުގައި މިފަދަ ހާދިސާތައް ދިމާވުމަކީ ކަންބޮޑުވުން އުފެދޭ ކަމެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.