އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން 2024 ވަނަ އަހަރު ކިޔުނު ހުރިހާ ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ފޮތެއްގެ ސިފައިގައި މިއަދު ނެރެފިއެވެ.
މި ތަރުޖަމާއަކީ މިނިސްޓްރީގެ ސޯޝަލް މީޑިއާ މަންސަތަކުގައްޔާއި ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަރުޖަމާއެކެވެ. މި ފޮތުގައި ޖުމުލަ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ހިމަނާފައިވެއެވެ. ޚުޠުބާއާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި، ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އެރުވުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ