ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ވައިޓް އެލާޓެއް ނެރެފައިވެއެވެ. މި އެލާޓް ނެރެފައިވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 9:30 އާ ހަމައަށެވެ. އަދި މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށާއި، ގުގުރުމާއެކު ވިއްސާރަ ކުރިއަށް ގެންދާނެ ކަމަށް ލަފާދީފައިވެއެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވަމުންދާ ދުވަސްވަރެއްކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދެކުނުގެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމާ ގުޅޭ ގޮތުން ދެވޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ