ވާނީގައި ތަމްރީން ކުރަމުންދިޔަ ފުލުހަކަށް ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި

ވާނީގައި ތަމްރީން ކުރަމުންދިޔަ ފުލުހަކަށް ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި

Author
ހުސައިން
04 މެއި 2025 10:42
0

ދ. ވާނީގައި ތަމްރީން ކުރަމުންދިޔަ ފުލުހަކު ހާލު ދެރަވުމުން، އެމީހާއަށް ފަރުވާ ދިނުމަށް މާލޭގެ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވި ގޮތުގައި، ދ. ވާނީގައި ފުލުހުންގެ އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީން ކުރަމުންދިޔަ 34 އަހަރުގެ ރެކްރޫޓެއްގެ ހާލު ދެރަވުމުން، ފުރަތަމަ އެމީހާ ފަތިހު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މިއަދު މެންދުރު، އެ ފުލުހަށް އިތުރު ފަރުވާ ދިނުމަށްޓަކައި އެއާ އެމްބިއުލާންސް މެދުވެރިކޮށް މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިހާރު އެމީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށާއި، އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް، އެ ފުލުހަށް ހާލު ދެރަވާން މެދުވެރިވި ސަބަބެއް މިހާތަނަށް ފުލުހުން ވަނީ ހާމަކޮށްފައި ނުވެއެވެ. މި ހާދިސާ މެދު ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.