ސިއްރުން މުދާ ބޭރުކުރަން އުޅުނު މީހަކު ހޯދަނީ

ސިއްރުން މުދާ ބޭރުކުރަން އުޅުނު މީހަކު ހޯދަނީ

Author
ހުސައިން
04 މެއި 2025 08:13
0

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ މައްސަލައަކާ ގުޅިގެން ގދ. ގައްދޫގެ ޝިއުނީޒް އަޙްމަދު (33) ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ޝިއުނީޒް އަށް ޝަރީޢަތަށް ހާޒިރުނުވެވޭތީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ކޯޓުން އަމުރުކޮށްފައިވަނީ ޝިއުނީޒް ބަންދުގައި ބަހައްޓައިގެން 2025 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހުގެ ހެނދުނު 09:45 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށެވެ.

ނެޝަނަލްހައުސް، ގދ. ގައްދޫގައި ދިރިއުޅޭ ޝިއުނީޒް އަޙްމަދު އާ ބެހޭ މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިލައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.