އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

Author
ހުސައިން
04 މެއި 2025 12:49
0

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ނުގެންނަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަކީ އެއްވެސް ވަރަކަށް ވިސްނާވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫނޭ. އެއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އެމެރިކާގައި ވެސް މިހާރު ހުންނެވި ރައީސް ވެސް ކިހާ އުމުރުފުޅު މަތިތޯ. އެކަމަކު ކިހާ ސިއްހަތު ވެސް ރަނގަޅުތޯ" ރައީސް ވިދާޅުވިއެވެ. މި ވާހަކަފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިޝާރާތް ކުރައްވައިފިއެވެ. ޓްރަމްޕްގެ އުމުރުފުޅަކީ 78 އަހަރެވެ.

ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީއަށް ބަދަލު ގެނެވުނެވެ. އެ ބަދަލުގައި ރައީސްކަމަށާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭނީ 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ކަނޑައެޅުނެވެ. އޭގެ ކުރިން އޮތީ މި މަގާމުތަކަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ.

އެ ބަދަލު އޭރު ގެނެވުނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު ނައިބު ރައީސްކަމަށް އައްޔަންކުރުމަށްޓަކައެވެ. ނަމަވެސް މި ބަދަލު ފަހުން ކުރިން އޮތް ގޮތަށް އަނބުރާ ބަދަލުކުރެވިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.