ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ހެނދުނު 10:00 ގައި

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ހެނދުނު 10:00 ގައި

Author
ހުސައިން
03 މެއި 2025 01:27
0
ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރީންނާއި ބައްދަލުކުރެއްވުން މާދަމާ ހެނދުނު 10 ޖަހާއިރު، އޮންނާނެ ކަމަށެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން، ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައީސް މުއިއްޒު މިފަހުން ވިދާޅުވި ގޮތުގައި، އެ މަނިކުފާނަކީ އަބަދުވެސް "މައުލޫމާތު ދެއްވުމަށް އިސްކަން ދެއްވާ ބޭފުޅެ"ކެވެ. ކުރިން އަދާކުރެއްވި ވަޒީފާތަކުގައި ވެސް އެކަން އެގޮތަށް ކުރެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މާދަމާ ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު މާދަމާ އަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.