ހުރާ ކައުންސިލުން ޤުރުއާން ހިތުދަސްކުރާ ކޮންމެ ހާފިޒަކަށް 150،000 ރުފިޔާ ދެނީ

ހުރާ ކައުންސިލުން ޤުރުއާން ހިތުދަސްކުރާ ކޮންމެ ހާފިޒަކަށް 150،000 ރުފިޔާ ދެނީ

Author
ހުސައިން
01 މެއި 2025 07:54
0

މާލެއަތޮޅު ހުރާ ކައުންސިލުން އެރަށުގެ ރައްވެހިންގެ ތެރެއިން ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ ފަރާތަކަށް 150،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ. މިކަން ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ ހާމަކޮށްފައެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި، މިއީ ހަމައެކަނި ހުރާގެ ރަށްވެހިންނަށް ޚާއްސަކުރެވިފައިވާ ފުރުޞަތެކެވެ. މީގެ އިތުރުން ކައުންސިލުން އިސްނަގައިގެން އެރަށުގައި ޒުވާން ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިޢުލާނުގައި ވާގޮތުން، މި ޕްރޮގްރާމުގައި ބައިވެރިވެ ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކަށާއި، އަމިއްލަ ގޮތުން ސަނަދު ހާސިލުކުރާ ހުރާގެ ރަށްވެހިންނަށްވެސް 150،000 ރުފިޔާ ދިނުމަށް ނިންމާފައިވަނީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްގެންނެވެ.

ނަމަވެސް، ހުރާ ކައުންސިލުން ބާއްވާ ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތެއް މިވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.