އައު އަހަރުގެ ޗުއްޓީގައި ފިލްމީތަރި ދީޕިކާ ޕަޑުކޯން އޭނާގެ ފިރިމީހާ ރަންވީރު ސިންގް އާއެކު ވައިލްޑް ލައިފް ސަފާރީއެއް އުޅެނިކޮށް އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ ދިމާވެއްޖެ އެވެ.
ރަންބީރުވެސް އައު އަހަރު ފާހަކުރުމަށް ޗުއްޓީގައި އެސަފާރީގައި ބައިވެރިވީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓާ އެކުއެވެ. މި އެންމެންވެސް މިފަހަރު އައު އަހަރު ފާހަގަކުރަނީ، އެމީހުންގެ އާއިލާއާއެކު އިންޑިއާގައެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު މިއެންމެން އެނބުރި މުމްބާއީއަށް އައިސްފައިވާއިރު، ރަންތަމްބޯރޭ ނޭޝަނަލް ޕާކްގައި އޮތް ވައިލްޑްލައިފް ސަފާރީއަކަށް ދިޔަ ފޮޓޯތަކުން ވަނީ މުޅި އިންޓަރނެޓް ފުރާލާފައެވެ.
ފޭނަކު ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ މި ފޮޓޯތަކަކީ ހަތަރު މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެކެވެ. ކުރިން ހިއްސާކުރި ފޮޓޯތަކުގައިވެސް އެކަކު އަނެކަކާއި އެއްކޮށް ފެނިފައެއް ނުވެއެވެ. އަދި ފޮޓޯތަކުން ފެނިގެންދިޔައީ މުޅިންވެސް އެކިކަހަލަ ތަންތަނާއި މާހައުލުގެ ފޮޓޯއެވެ.
ހިނިތުން ވެލައިގެން އާލިއާ ފޮޓޯއަށް ހުއްޓިލައިގެންހުރިއިރު، ލައިގެންހުރީ ކަޅުކުލައިގެ ޖެކެޓަކާއި ކަޅު ހަރުވާޅަކާއި މުށި ބޫޓެކެވެ. ހަމައެއާއެކު ރަންބީރު ލައިގެން ހުރީ ނުލާއި ފެހިކުލައިގެ ޖެކެޓަކާއި ނޫކުލައިގެ ޖިންސަކާއި ތޮތްޕެކެވެ. ރަންވީރާއި ދީޕިކާއަށް ބަލާއިރު ރަންވީރު އެއްކޮށް ކަޅުކުލައިން ހެދުން އަޅާފައިވާއިރު، ދީޕިކާވެސް ކަޅުކުލައިގެ މާސްކަކާއި އެކު ލައިގެންހުރީ މަފްލާ ޖެކެޓަކާއި ފަޓުލޫނެކެވެ.
މި ދަތުރުގެ އެއްބައި ފޮޓޯތަކުން ފެނިގެންދަނީ އެމީހުން އެމީހުންގެ އާއިލާއާއެކު ޗުއްޓީހޭދަ ކުރާތަނެވެ. އެގޮތުން ރަންވީރާއި ދިޕިކާ، ދިޕިކާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ އައިސްފައިވަނީ އެކުގައެވެ. އާލިއާ އާއެކު އޭނަގެ އާއިލާ އާއި ރަންބީރުގެ އާއިލާ ދަތުރުކުރީ އެކީއެވެ.
ޗުއްޓިގެ މި ދަތުރުގެ ފޮޓޯތަކާއެކު، ޖެއިޕޫރަށް ދަތުރު ދިޔައީ އާލިއާއާއި ރަންބީރުގެ އެންގޭޖްމެންޓަށްކަމަށް ބުނެ ހަބަރު ފަތުރާފައިވެއެވެ. ނަމަވެސް ފަހުން ރަންބީރުގެ ބޭބެ ރަންދީރު ކަޕޫރު ވަނީ އެއީ ތެދެއް ނޫންކަމަށް ބުނެފައެވެ.
އޭނާ ބުނިގޮތުގައި އެމީހުން ދިޔައީ ނިއު އިޔާ ފާހަގަ ކުރަން ޗުއްޓީއަކަށް ކަމަށާއި އެންގޭޖްމެންޓު ނަމަ އާއިލާގެ އެންމެންވެސް ބައިވެރިވާނެކަމަށެވެ. ފޭނުން މިކަން ޤަބޫލުކުރީ ރަންބީރު އިންޓަވިއުއެއްގައި، ކޮވިޑްގެ ޕެންޑަމިކް ކުރިމަތިނުވިނަމަ މިހާރު އާލިއާއާއި ކައިވެނިކޮށްފާނެކަމަށް ބުނުމުންނެވެ.