1 އަހަރު ނުފުރޭ ސަމީޝާ ފޯރީގައި ލަވަ ކިޔަނީ

1 އަހަރު ނުފުރޭ ސަމީޝާ ފޯރީގައި ލަވަ ކިޔަނީ

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2021 09:32
0

ބައްޕަމެންގެ ހިތުގައި އަބަދުވެސް އަންހެންދަރީންނަށް ހާއްސަޖާގައެއް އޮންނާނެއެވެ. މަޝްހޫރު ފިލްމީ ތަރި އަދި ޔޯގާ އިންސްޓްރަކްޓަރ ޝިލްޕާ ޝެޓީގެ އަންހެން ދަރިފުޅު ސަމީޝާ ޝެޓީގެ ބައްޕަ ރާޖް ކުންދުރާ ވަނީ ސަމީޝާއަށް މިއުސިކް ދަސްކޮށްދޭންފަށާފައެވެ. މިއީ އަދި 1 އަހަރު ނުވާ ދަރިފުޅަށް އޮތް ލޮތްބެއްގެ ސަބަބުންނެވެ.

ސަމީޝާއާއި ރާޖް އެއްކޮށް ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި ވައިރަލް ވެގެން ގޮސްފައެވެ. ޝިލްޕާއަށާއި ރާޖްއަށް ސަމީޝާ ލިބިފައިވަނީ ސަރޯގެސީ މެދުވެރިކޮށެވެ.

ޝިލްޕާ ޝެޓީއާއި ރާޖް ކުންދުރާ އަދި މުޅި އާއިލާއެއްކޮށް ޗުއްޓީދަކޮ ހޭށްލުމަށް ގޯއާއަށް ގޮސްފައިވާއިރު، ޝިލްޕާ ދަނީ ފޭނުންނަށް ސަމީޝާގެ ފޮޓޯތައް ހިއްސާކުރަމުންނެވެ. މިފަހުން ޝިލްޕާ ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ ކުޑަކުޑަ ސަމީޝާ އޭނާގެ ބައްޕައާއި އެއްގޮތަށް ލަވަކިޔަން އުޅޭތަނެވެ.

ވީޑިއޯ ފެށޭއިރު ރާޖް ރާގެއް އިއްވާލުމުން ސަމީޝާވެސް ހަމައެގޮތަށް އަޑުލައްވައެވެ. އަދި ދޭތެރެއަކުން ފޫހިވެލާފައި އަނެއްކާވެސް ލަވަލިޔަން މަސައްކަތް ކުރެއެވެ. ބޭބީ ސަމީޝާ ރީނދޫކުލައިގެ ޓޮޕްކޮޅަކާއި ނޫކުލައިގެ ސޯޓެއްގައި ފެންނަނީ ވަރަށްވެސް ލޯބިކޮށެވެ. މީގެ އިތުރުން ޝިލްޕާވަނީ ޗުއްޓީގެ ބައެއް ފޮޓޯތައްވެސް ހިއްސާކޮށްފައެވެ.

13 އަހަރަށްފަހު ޝިލްޕާ އަނެއްކާވެސް ފިލްމީ ދާއިރާއަށް އެނބުރި އަންނާނީ ފިލްމު "ނިކަންމާ" އިން އަބީމަންޔޫ ދަސާނީ އާއެކުއެވެ. އަދި އޭގެ އިތުރުން "ހަންގާމާ2″ އަކުންވެސް ޝިލްޕާފެނިގެންދާނެއެވެ. މި ފިލްމަކީ 2003 ގައި ނެރުނު ފިލްމު "ހަންގާމާ"ގެ ދެވަނަބައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.