އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އައިޝަތު އަސްނާ ހަމްދީގެ ނަން ހުށަހަޅުއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އައިޝަތު އަސްނާ ހަމްދީގެ ނަން ހުށަހަޅުއްވައިފި

Author
ހުސައިން
30 އޭޕްރިލް 2025 09:22
0

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އައިޝަތު އަސްނާ ހަމްދީ ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގައި އަސްނާގެ ނަން ހުށަހެޅުއްވުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މި މައްސަލަ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައެވެ. އަސްނާއަކީ މިހާރުވެސް އެމްއެމްއޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިވަގުތު އޭނާ ހުންނެވީ އެމްއެމްއޭގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ފައިނޭންޝަލް ސެކްޓަރ ބަލަހައްޓަވަމުންނެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމު ހުސްވެފައިވަނީ މި އަހަރުގެ މާރިޗު 17 ވަނަ ދުވަހު، އެ މަޤާމުގައި ހުންނެވި އަލްފާޟިލް އިމާދު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދުގެ އިސްތިޢުފާ އައިސްފައިވަނީ، އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅި، އެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްފައިވަނިކޮށެވެ.

މަޤާމަށް އަސްނާގެ ނަން ހުށަހެޅިފައިވާ މި ދަނޑިވަޅަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު ވަރަށް ނާޒުކު ދަނޑިވަޅެއްކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.