މާރިޗު މަހުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 65 މައްސަލަ ރިޕޯޓްކުރެވިފައިވޭ

މާރިޗު މަހުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 65 މައްސަލަ ރިޕޯޓްކުރެވިފައިވޭ

Author
ހުސައިން
28 އޭޕްރިލް 2025 08:06
0

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މާރިޗު މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 65 މައްސަލައެއް އެ ވުޒާރާއަށް ހުށަހެޅިފައިވެއެވެ. މިއީ އެމަހު އެ ވުޒާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 16 މައްސަލައާއި، ޖިންސީ އަނިޔާގެ 14 މައްސަލައާއި، އިހުމާލުގެ 12 މައްސަލަ ހިމެނެއެވެ. މީގެއިތުރުން، ވުޒާރާގެ މަޢުލޫމާތުން އެނގޭގޮތުގައި ނަފްސާނީ އަނިޔާގެ 7 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަވެސް ހުށަހެޅިފައިވެއެވެ.

އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 1 މައްސަލަވެސް ރިޕޯޓްކުރެވިފައިވެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަވެސް މި ދިޔަ މަހު ވުޒާރާއަށް ހުށަހެޅިފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެވެ. އަދި ޖިސްމާނީ އަނިޔާކުރުމުގެ 16 މައްސަލައާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 6 މައްސަލަވެސް ހުށަހެޅިފައިވާކަން އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.