ޔުމްނުއަށް އިންސާފު ހޯދުމަށް ކުރާ މުޒާހިރާ ބޯވާރޭގައިވެސް ކުރިޔަށް ގެންގޮސްފި

ޔުމްނުއަށް އިންސާފު ހޯދުމަށް ކުރާ މުޒާހިރާ ބޯވާރޭގައިވެސް ކުރިޔަށް ގެންގޮސްފި

Author
ހުސައިން
28 އޭޕްރިލް 2025 08:03
0

މާލޭގެ އުސް އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ ހައްގުގައި ޒުވާނުން ރޭ ކުރި މުޒާހަރާގައި ބޯކޮށް ވެހުނު ވާރޭއާއި ފެންބޮޑުވިކަމުގައި ވިޔަސް، އިންސާފު ހޯދައިދިނުމަށް ގޮވާލައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ކުރިއަށްގެގޮސްފިއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ބޭއްވުނު މި އިހުތިޖާޖުގައި ވާހަކަދެއްކި ޒުވާނަކު ބުނިގޮތުގައި، މުޒާހަރާކުރާ ޒުވާނުންނަކީ ކޮންމެ ދުވަހަކު އޮފީހަށް ގޮސް ވަޒީފާ އަދާކުރާ ޒުވާނުން ކަމަށާއި، ގައުމު ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ޒުވާނުން ބޭނުންވަނީ ހަމައެކަނި އިންސާފު ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މުޒާހަރާއަކުން ގައުމެއް ނުހުއްޓޭނެ. އަޅުގަނޑުމެން ބޭނުންވަނީ އިންސާފު،" މުޒާހަރާގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.

މުޒާހަރާކުރި ޒުވާނުން ހިފައިގެން ތިބި ބޯޑުތަކުގައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ހައްޔަރުކުރުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނު އަދި ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އިސްތިޢުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލެއެވެ.

ޒުވާނުން ހުށަހެޅި 10 ޑިމާންޑްގެ ތެރެއިން މިހާތަނަށް ފުރިހަމަކުރެވިފައިވަނީ ދެ ކަމެކެވެ. އެއީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު އިސްތިޢުފާ ދިނުމާއި، ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކޮށް ތަޙްޤީޤުކުރުމަށް ކޮމިޝަނެއް އެކުލަވާލުމެވެ.

ޔުމްނު ވެއްޓުނުއިރު އޭނާއާއެކު ހުރި ރައުދު އަޙްމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޒުވާނުން މުޒާހަރާކުރަން ފެށުމަށްފަހު، ހާދިސާ ހިނގިތާ ހަ ދުވަސް ފާއިތުވެގެން ދިޔަފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.