ޕެންޝަން ބޯޑަށް، މީރާގެ ކުރީގެ އިސްމަގާމްތަކެއް އަދާކުރި އަހުމަދު އަލީ އައްޔަންކޮށްފި

ޕެންޝަން ބޯޑަށް، މީރާގެ ކުރީގެ އިސްމަގާމްތަކެއް އަދާކުރި އަހުމަދު އަލީ އައްޔަންކޮށްފި

Author
އަހުމަދު
31 އޮގަސްޓް 2026 08:23
0

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް، ޓެކްސް އިދާރާ މީރާގެ އިސް މަގާމުތައް ކުރިން ފުރުއްވި އަހުމަދު އަލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޕެންޝަން ނިޒާމު ހިންގުމަށް ހާއްސަކޮށްފައިވާ މި އޮފީސް ހިންގަނީ ޤާނޫނުގައިވާ ގޮތުގެ މަތިން އަށް މެންބަރުންގެ ބޯޑަކުންނެވެ. ޗެއާޕާސަންގެ އިތުރުން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސީއެމްޑީއޭ، ފިނޭންސް މިނިސްޓްރީ އަދި އެންސްޕާ ތަމްސީލްކުރައްވާ މެންބަރެއްގެ އިތުރުން، ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުންނެވެ. ޕްރައިވެޓް ސެކްޓަރު ތަމްސީލްކުރައްވާ މެންބަރުން ބޯޑަށް އައްޔަންކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.

އަހުމަދު އަލީ ބޯޑަށް އައްޔަންކުރެވުނު އިރު، ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރިން ކުރެއްވި ޔަޒްމީދު މުހައްމަދު މިދިޔަ ހަފުތާގައި ވަނީ އައްޔަންކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.