ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން 10 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިފިއެވެ. މި ނަންތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ކުރީގެ އެމްޑީ ޒީނާ ޒާހިރުވެސް ހިމެނިވަޑައިގަންނަވައެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހޮވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ ނަންތައް ވަނީ މަޖިލީހުގައި އިއްވާފައެވެ. މިގޮތުން ފޮނުއްވާފައިވާ ބޭފުޅުންގެ ތެރޭގައި އައިމިނަތު ޝިޔާނާ (މ. ފަތަހަ)، އިބްރާހިމް އަޝްރަފް (ވ. މަށިވެލި)، މޫސާ ރިލްވާން (މ. ހާވިލާ)، އަލީ ޔޫސުފް ބާރަނާ (ޅ. ހިންނަވަރު)، ޒީނާ ޒާހިރު (އަތިރީގެ، ގދ. ގައްދޫ)، އަހުމަދު ޒާހިރު (ހ. ސަންދަލީގެ)، ޒަމްއަތު އަހުމަދު ވަހީދު (މަލަ، ގދ. ތިނަދޫ)، މުހައްމަދު ޝަމީމް (ހ. ޕްރިޓީވިލާ)، ޝިމްލާ މުހައްމަދު (އާސްޓްރަލްގެ، ސ. ހިތަދޫ) އަދި ފާތިމަތު ޒައީމާ (އޯކިޑުމާގެ، ށ. ފީވަކު) ހިމެނިވަޑައިގަންނަވައެވެ.
މި ނަންތައް މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީއިން މި ބޭފުޅުން އިންޓަވިއުކުރުމަށްފަހު، ޝަރުތު ހަމަވާ އަދި އެންމެ ޤާބިލު ބޭފުޅަކު ކަނޑައަޅާނެއެވެ. އަދި މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އެ ބޭފުޅަކަށް ރުހުން ދެވޭނެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އެކަށީގެންވާ ބޭފުޅަކު ހޮވުމަށްޓަކައި މި ޚާއްޞަ އިޖުރާއަތުތައް ކުރިއަށްދާއިރު، ސިޔާސީ ދާއިރާއާއި މީޑިއާގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރުން މި މަޤާމަށް ކުރިމަތިލައްވާފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ