ޕައިލެޓް ތަމްރީނު ހަދަމުން ދިޔަ ދިވެހި ދަރިވަރަކަށް ބޯޑުގެ ބުރަފަތީގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ޕައިލެޓް ތަމްރީނު ހަދަމުން ދިޔަ ދިވެހި ދަރިވަރަކަށް ބޯޑުގެ ބުރަފަތީގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެ

Author
ހުސައިން
12 އޭޕްރިލް 2025 06:27
0

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ހދ. ހަނިމާދޫއަށް ނިސްބަތްވާ އަބްދުލް މާނިއު، ތަމްރީނުގެ ތެރޭގައި ބޯޓަކުން ފޭބިއިރު ބޯޓުގެ ބުރަފަތީގައި ޖެހި، ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މާނިއު ބޯޓުން ފޭބީ ބޯ އަނބުރާލައިގެން ހުރި ވަގުތެއްގައި ކަމަށްވާއިރު، އެވަގުތު ބޯޓުގެ އިންޖީނު ނިއްވާލާފައި ނުވާކަމަށްވެސް ބުނެވެއެވެ. އަދި ޓްރެއިނަރު މަޑުކޮށްފައި ހުރީ ބޯޓުގެ ތެރޭގައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މާނިއުއަށް ލިބުނު އަނިޔާތަކުގެ ތެރެއިން އެންމެ ބޮޑަށް ޒަޚަމްވެފައިވަނީ ކޮލުކަށިގަނޑާ ދިމާލުން ކަމަށް އާއިލާގެ ފަރާތުން ބުނެއެވެ. މިހާރު އޭނާއަށް ވަނީ މެޑިކަލް ފަރުވާ ދޭން ފަށާފައެވެ. ޒަޚަމްތައް ހުރި ބައެއް ތަންތަނުގައި ސާޖަރީ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އަދި ދިވެހި ޚާރިޖިއްޔާއިން އެއްވެސް ބަޔާނެއް ނެރެފައިނުވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.