މޯލްޑިވްސް ގޭސް ކުންފުނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާއެއް ގެއްލިފައިވާކަން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހާމަވެއްޖެއެވެ.
މި މައްސަލަ ހާމަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. ނާޒިމް ވިދާޅުވި ގޮތުގައި މި ޝިޕްމަންޓަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
"ޕީސީބީން ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްޗެހި ވަކި ގޮތަކަށް ހަމަޖައްސާފައި އޮއްވާ، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސަށް ލާރިދީ އެ ފައިސާ ގެއްލުނީމާ، އެއީ ވަރަށް ބޮޑު މައްސަލައެއް،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ނާޒިމް ވިދާޅުވީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަންކަން ބެލެހެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މޯލްޑިވްސް ގޭސް ކުންފުނިން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދު އަދި ސާފެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ