ނަރީޝް ޔޫތު މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް!

ނަރީޝް ޔޫތު މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް!

Author
ހުސައިން
16 މާރޗް 2025 12:40
0

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރެއްގެ ގޮތުގައި މިނިސްޓަރު ފެންވަރުގައި އައްޔަންކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި ނަރީޝް މި މަޤާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި ނަރީޝް ހާމަކުރެއްވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން މަޤާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލެއްވުމުންނެވެ.

ސަރުކާރުގައި މިނިސްޓަރު ފެންވަރުގައި 16 ބޭފުޅުން މިހާރު ވަނީ އައްޔަންކުރައްވާފައެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުންނާއި، އިސްލާމިކް މިނިސްޓްރީގައި ޝެއިޚް މުޙައްމަދު ލަޠީފް އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގައި މުޙައްމަދު ޠަލާލް ހިމެނެއެވެ.

މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމާއި، ގައުމީ ޔުނިވާސިޓީއާއި، އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަޤާމުތަކަކީވެސް މިނިސްޓަރު ފެންވަރުގެ މަޤާމުތަކެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ 2021 ވަނަ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.