ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި

ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި

ގުޅުންހުރި

ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި އެވެ.

މި މަޝްރޫއު ހިންގަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެނެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫޢު ރަމްޒުކޮށްދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަގުބަލެއް ގާއިމުކުރުމަށް ޓަކައި ދެ ގައުމުގެ ދެމެދުގައި އޮތް އަހައްމިއްޔަތު ކަން ކަމަށެވެ.

މި ރެކަށް "ދޫނިއާ ރެކް" ކިޔުމަށް ވަނީ ނިންމައިފަ އެވެ. މި ސައިޓު ރަމްޒުކޮށްދޭނީ ރާއްޖޭގެ އޭވިއޭޝަން ތާރީހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކުޑަގިރިއަކީ ކުރީގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ގޮސް ހަދާނެ ރަށެއް ގޮތަށް ތަރައްގީކޮށްފައިވާ ރަށެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ