ހުށަހަޅާފައިވާ މަޝްރޫޢުތައް ފުރިހަމަނުކުރުމުން ދެ ކުންފުންޏެއް ސަސްޕެންޑްކުރެވިއްޖެ

ހުށަހަޅާފައިވާ މަޝްރޫޢުތައް ފުރިހަމަނުކުރުމުން ދެ ކުންފުންޏެއް ސަސްޕެންޑްކުރެވިއްޖެ

Author
ހުސައިން
09 މާރޗް 2025 12:44
0

ފިނޭންސް މިނިސްޓްރީން އިއްޔެ ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފިއެވެ. ސަސްޕެންޑްކުރެވުނު ކުންފުނިތަކަކީ ވޯޓާޕާކް މޯލްޑިވްސް އާއި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑެވެ. މި ދެ ކުންފުންޏަށް ސަރުކާރުގެ އެއްވެސް ބީލަމެއްގައި ބައިވެރިނުވެވޭ ގޮތަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، ވޯޓާޕާކް މޯލްޑިވްސް އަށް ފިޔަވަޅު އެޅިފައިވަނީ ވ. ކެޔޮދޫ އަދި ރ. އަލިފުށީގައި ހިންގުމަށް ހަވާލުކުރެވުނު މަޝްރޫޢުތަކަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދީފައިނުވާތީއެވެ. އަދި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކުރެވިފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެކްސްރޭ މެޝިނާއި ޑެންޓަލް ޗެއާއެއް ގެނައުމަށް ހަވާލުކުރެވުނު ނަމަވެސް އެ މަސައްކަތް ފުރިހަމަކޮށްފައިނުވާތީއެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫޢުތައް ހިންގުމާ ހަވާލުވުމަށްފަހު ގަވާއިދާ ޚިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުންނާމެދު ފިޔަވަޅު އަޅަން ޖެހެއެވެ. މިގޮތުން މިދެންނެވި ދެ ކުންފުންޏަށް ވަނީ ފިޔަވަޅު އެޅިފައެވެ.

މިނިސްޓްރީގެ ވެރިއެއް ވިދާޅުވީ، "ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ފަރާތްތަކުން އެއްބަސްވެފައިވާ މަސައްކަތްތައް ފުރިހަމަކުރަންޖެހޭނެ" ކަމަށެވެ. އަދި "މަސައްކަތްތައް ނުނިމި ލަސްވާނަމަ، އެކަން ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރާނެ" ކަމަށް ވެސް ވިދާޅުވިއެވެ.

ސަސްޕެންޑްކުރެވުނު މުއްދަތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހާމަކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.