މި އަހަރުގެ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

މި އަހަރުގެ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

Author
ހުސައިން
04 މާރޗް 2025 04:23
0

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފިއެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން މިއަހަރު ކުރިއަށްދާ މުބާރާތުގައި 24 އޮފީހަކުން 94 ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތުގެ ކިޔެވުން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކިޔެވުން ކުރިއަށް ގެންދަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.