ކުޅުދުއްފުށި ސިޓީގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވިގެން ފުލުހުން ހަރަކާތްތެރި ވަނީ

ކުޅުދުއްފުށި ސިޓީގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވިގެން ފުލުހުން ހަރަކާތްތެރި ވަނީ

Author
ހުސައިން
20 ފެބްރުއަރީ 2025 03:00
0

ކުޅުދުއްފުށި ސިޓީގައި ސިހުރު ހެދުމުގެ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތުކުރެވިގެން ފުލުހުން އެ ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 10 ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލުން "ދެން" އަށް މައުލޫމާތު ދެއްވާފައިވެއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިހުރާ ގުޅޭ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ. މިގޮތުން ފާއިތުވި މަހުގެ މެދުތެރޭގައި ރ. އަތޮޅުގެ މީދޫ އާއި އަލިފުށީގައި ވެސް މިފަދا އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް، 12 ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޑިސެމްބަރު މަހުގެ ކުރީކޮޅު ހއ. ކެލާގައި ވެސް މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް، އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.