ކުރިއަށް އޮތް ރޯދަ މަހާ ގުޅިގެން ފުލުހުން މިއަދު ސަރުކާރުގެ އިސްވެރިންނާއެކު ޚާއްސަ މާހެފުމެއް ބޭއްވިއެވެ. އިސްކަންދަރު ބިލްޑިންގުގައި ބޭއްވުނު މި މާހެފުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މާހެފުމުގައި ރައީސްގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި ވަޒީރުން، ސްޓޭޓު މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެހެންމެ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުންގެ އިތުރުން އިސްކަންދަރު ކޮށީގައި މަސައްކަތްކުރާ އާންމު މުވައްޒަފުންވެސް މި މާހެފުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ