މާލޭގެ މަގުތަކުން ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ފަށައިފިއެވެ. މި މަސައްކަތް ފެށި ދުވަހު ޖުމުލަ 235 އުޅަނދު ނަގާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. މިގޮތުން، އެދުވަހު ނެގި އުޅަނދުތަކުގެ ތެރޭގައި 201 ސައިކަލާއި، 31 ކާރު އަދި 3 ބައިސްކަލު ހިމެނެއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އިއްޔެއާ ހަމައަށް މި މަސައްކަތުގެ ދަށުން ޖުމުލަ 468 އުޅަނދު ނަގާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 432 ސައިކަލާއި، 33 ކާރު އަދި 3 ބައިސްކަލެވެ. މި މަސައްކަތަކީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ