ޓީވީ އަދި ރޭޑިއޯ ޗެނަލްތައް ބޭނުންކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފި

ޓީވީ އަދި ރޭޑިއޯ ޗެނަލްތައް ބޭނުންކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފި

Author
ހުސައިން
13 ފެބްރުއަރީ 2025 05:34
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުން ރާއްޖޭގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތައް ބޭނުންކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ ބްރޯޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް އިތުރަށް މުއްސަނދިކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ސަފާ ޝަފީގު ވިދާޅުވި ގޮތުގައި، ވިއުވަރ އެންގޭޖްމަންޓަކީ ބްރޯޑްކާސްޓަރުންނަށް ވަރަށް މުހިންމު އަދި އެފަރާތްތަކުން އެދެމުންދާ މައުލޫމާތެކެވެ. މި މައުލޫމާތުގެ އެހީގައި ޗެނަލްތަކަށް ބެލުންތެރިންގެ ބޭނުންތަކަށް އަމާޒުކޮށް ޕްރޮގްރާމްތައް ތައްޔާރުކުރެވޭނެއެވެ. އަދި މިއީ ނިއު މީޑިއާގައިވެސް ފެންނަން ހުންނަ ބާވަތުގެ މައުލޫމާތެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މި މައުލޫމާތު އެއްކުރުމަށް ނިންމުމާއެކު، ކަމާގުޅޭ ފަރާތްތަކަށް ގަވާއިދުން މި މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވެއެވެ. ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އެކުލަވާލާފައިވަނީ ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ ކޮންޓެންޓް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. މިގޮތުން، ބެލުންތެރިންގެ އަދަދު ދެނެގަތުމަކީ ކޮންޓެންޓް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ލިބޭނެ ބޮޑު އެހީތެރިކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.