އެމްޑީޕީގެ ބޮޑު ހިގާލުން ދުރައް ދެއްކިއިރު ރާއްޖެ ޓީވީން ގެނައި ލަވައެއްގެ މައްސަލަ ބްރޯޑްކޮމްއިން ބަލަން ފަށައިފި

އެމްޑީޕީގެ ބޮޑު ހިގާލުން ދުރައް ދެއްކިއިރު ރާއްޖެ ޓީވީން ގެނައި ލަވައެއްގެ މައްސަލަ ބްރޯޑްކޮމްއިން ބަލަން ފަށައިފި

Author
ހުސައިން
04 ފެބްރުއަރީ 2025 01:30
0

ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫނީ ބެލެނިވެރި ފަރާތް ކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ރާއްޖެ ޓީވީން ފޮނުވި ވީޑިއޯއެއްގެ މައްސަލަ ތަޙްޤީޤު ކުރަން ފަށާފައެވެ.

މި މައްސަލައަކީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް ބޭއްވި ހިނގާލުމުގެ ކަވަރޭޖާ ގުޅިގެން ރާއްޖެ ޓީވީން 26 ޖަނަވަރީ 2025 ގައި ފޮނުވި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" މި ނަމުގައި ތައްޔާރުކޮށްފައިވާ ލަވައަކާ ގުޅޭ މައްސަލައެކެވެ.

ބްރޯޑްކޮމްގެ ފަރާތުން ރާއްޖެ ޓީވީއަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ މި މައްސަލަ ބަލައި ވަކި ގޮތެއް ނިންމަންދެން އެ ކޮންޓެންޓް ރައްކާތެރިކަމާއެކު ބެހެއްޓުމަށް އަންގާފައެވެ. މި މައްސަލަ ބްރޯޑްކޮމަށް ހުށަހަޅާފައިވަނީ މި ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި މައްސަލަ ހުށަހެޅި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި މި ލަވައަކީ ރާއްޖެ ޓީވީގެ ހުށަހެޅުންތެރިއެއް ކަމަށްވާ ޢާމިރު ސަލީމްގެ ޅެމަކަށް ހަދާފައިވާ ލަވައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.