ފަޒުލްގެ ގެ ބަލާ ފާސްކުރިއިރު ފުލުހުން އެގެއިން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލު ކޮށްފި

ފަޒުލްގެ ގެ ބަލާ ފާސްކުރިއިރު ފުލުހުން އެގެއިން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލު ކޮށްފި

ކޮރްޕަޝަންގެ ތުހުމަތުގައި މަގާމުން ވަކިކުރި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ބަލާ ފާސްކުރި އިރު އެގެއިން ގެންދިޔަ 1.4 މިލިއަން ރުފިޔާ ފުލުހުން އަނބުރާ އޭނާއާ ހަވާލުކޮށްފައެވެ. މި ފައިސާއަކީ މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހުގެ ރޭ ފުލުހުން ކޯޓު އަމުރަކާއެކު މ. ޒޭވަރު ބަލައި ފާސްކުރިއިރު ގެންދިޔަ ފައިސާއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެޗްޑީސީގެ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، މި ފައިސާއަކީ "ރިލެކްސް ފެރީ ސާވިސް" އިން ޑިސެމްބަރު 2023 ގައި ލޯންޗެއް ބަނުމަށް ފަޒުލްއާ ހަވާލުކުރި ފައިސާކަމަށް އެ ކުންފުނިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފަޒުލްގެ ގެ ބަލައި ފާސްކުރީ އަމިއްލަ ބޭބެއަށް އުސޫލާ ޚިލާފަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހުޅުމާލެއިން ބިމެއް ދިން މައްސަލައާއި އެހެނިހެން ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރަމުންދާ ތަޙްޤީޤެއްގެ ތެރެއިންކަމެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *