އެމެރިކާގައި މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

އެމެރިކާގައި މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

Author
ހުސައިން
31 ޖެނުއަރީ 2025 08:29
0

އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީއާ ދާދި ކައިރިން، މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ހިޒް އެކްސަލަންސީ ޑޮނާލްޑް ޖޭ. ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މި ހާދިސާގައި، ހުރިހާ ފަސެންޖަރުންނާއި ކުރޫއިންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެމެރިކާއާއިއެކު ދެމިތިބިކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.