ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Author
ހުސައިން
23 ޖެނުއަރީ 2025 08:21
0

މައްޗަންގޮޅީގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު 4:15 ގައި ހިނގި މިހާދިސާގައި އިމާރާތުގައި އަލިފާން ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.

އެމްއެމްޑީއެފް ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ގެ މަސައްކަތުން ، އިމާރާތުގައި ރޯވި އަލިފާން ނިއްވާލެވުނީ 5:30 ހާއިރުއެވެ.

ރޭ ފަތިހު ހިނގި މި ހާދިސާގައި މީހަކަށް މާބޮޑުނ ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ. އެހެންނަމަވެސް މިހާދިސާއާ ގުޅިގެން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔަކަމަށް މަންޒަރުދުށް ބައެއް މިހުން މަޢުލޫމާތުދެއެވެ.

އަލިފާން ރޯވި އިމާރާތަކީ މއ. ކެލާގެއާގޭގައި އާދައިގެ ގޮތަކަށް ފިލައިން ހަދާފައިވާ ތިން ބުރީގެ އިމާރާތެކެވެ. މިއީ އެއްވެސް ބަޔަކު ދިރިއުޅޭ އިމާރާތެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މަޖީދީމަގު، ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.