މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބައްލަވައިލެއްވުމަށް ރާއްޖެ ވަޑައިގަތުމަށް ނަޝީދުގެ ދައުވަތު ޓްރަމްޕަށް!

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބައްލަވައިލެއްވުމަށް ރާއްޖެ ވަޑައިގަތުމަށް ނަޝީދުގެ ދައުވަތު ޓްރަމްޕަށް!

ރާއްޖެ ފަދަ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބައްލަވައިލެއްވުމަށް ރާއްޖެއަށް ވަޑައިގަތުމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕަށް، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަޢުވަތު ދެއްވާފައިފިވެ.

މި ދަޢުވަތު ރައީސް ނަޝީދު ދެއްވާފައިވަނީ ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނެރުއްވި ސްޓޭޓްމަންޓެއްގައެވެ. މި ސްޓޭޓްމަންޓްގައި ޓްރަމްޕްގެ ވެރިކަމަށް މަރުޙަބާ ވިދާޅުވެ، އެކުގައި މަސައްކަތްކުރަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައިވާއިރު، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ ވެސް ޓްރަމްޕްގެ ސަރުކާރުން ޕެރިސް އެގްރީމެންޓުން ވަކިވުމަށް ނިންމެވި ނިންމެވުމާމެދު ހިތާމަކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ.

ޕެރިސް އެގްރީމެންޓަކީ 2015 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައި ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލްކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމަށް ގައުމުތަކުން ވެފައިވާ އެއްބަސްވުމެކެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި އެގްރީމެންޓުގައި ހިމެނޭ 70 މެންބަރުންނަށް މިއީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، މިއީ ބޮޑެތި ގައުމުތަކުން ތިމާވެއްޓަށް ދެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް އެކަށައަޅާފައިވާ އެއްބަސްވުމެއް ކަމަށެވެ.

ސްޓޭޓްމަންޓްގައި ރައީސް ނަޝީދު ވަނީ ގަނޑުފެން ވިރުމާއި، އިންތިހާއަށް ހޫނުވުމާއި، ކޮޅިގަނޑުތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރު ބެއްލެވުމަށް އެމަނިކުފާނުގެ އަމިއްލަ ޤައުމު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް އެމެރިކާގެ ރައީސަށް ދަޢުވަތު ދެއްވާފައެވެ. އަދި އެންމެން ގުޅިގެން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވައި، އެމެރިކާއިން އަލުން ޕެރިސް އެގްރީމެންޓުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާކަން ވެސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *