ހިންދޫ ފާދިރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ހިންދޫ ފާދިރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

Author
ހުސައިން
21 ޖެނުއަރީ 2025 12:47
0

ފުލުހުން މިހާރު ވަނީ ރާއްޖޭގައި ހިންދޫ ދީނުގެ މީހަކު ރޫހާނީ ފަރުވާދޭ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލުން މަޢުލޫމާތު ދެއްވި ގޮތުގައި "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" އެވެ ކިޔާ މީހަކު ސޯޝަލް މީޑިއާގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް އިޝްތިހާރުކުރަމުންދާކަން ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ.

މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ. އަދި މިފަދަ، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު ކަންކަން އާންމުން އެކަކު އަނެކަކަށް ހިއްސާކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކަށް އެންގުމަކީ މުހިންމު ކަމެއްކަމުގައި ފުލުހުން ދެކެއެވެ. އެހެންކަމުން، މިފަދަ އިޝްތިހާރުތައް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.