މެއިޑަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާއިފި

މެއިޑަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާއިފި

Author
ހުސައިން
20 ޖެނުއަރީ 2025 08:32
0

ގޭތެރޭގެ މަސައްކަތްތަކަށް ގެނެސްފައިވާ ބިދޭސީ މެއިޑަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާއިފިއެވެ. މި މައްސަލާގައި ނޭޕާލްގެ އަންހެނަކު ތިން އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މި މައްސަލަ ފެންމަތިވެފައި މިވަނީ، ބްރާސްފަތި ދުވަހު ހިނގި އެހެން މައްސަލައަކާ ދިމާކޮށެވެ. އެއީ ކަލާފާނު ސްކޫލުގެ ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރެއްގެ އަނގަމައްޗަށް ޓޭޕް އަޅައި، އަތްބަނދެ އަނިޔާކުރި މައްސަލައެކެވެ. މި މައްސަލާގައި އެ ޓީޗަރު މިހާރު ވަނީ ޝަރުތުތަކަކާއެކު ކޯޓު އަމުރަކުން ދޫކޮށްލާފައެވެ.

މި މައްސަލަތަކުގެ އިތުރުން، އަތޮޅުތެރޭގެ ސްކޫލެއްގައިވެސް ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ވަރަށް ފަހުން ވަނީ ރިޕޯޓުކުރެވިފައެވެ. ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާކަން ފަހަކަަށް އައިސް ވަނީ ފާހަގަ ވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.