ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު ފުލުހުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް މިއަދު އައްޑޫގައި ފަށައިފި

ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު ފުލުހުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް މިއަދު އައްޑޫގައި ފަށައިފި

Author
ހުސައިން
19 ޖެނުއަރީ 2025 03:11
0

ފުލުހުންގެ ހިދުމަތަށް އަލަށް ގުޅިފައިވާ 210 ފުލުހުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް މިއަދު އައްޑޫ އެކަޑެމީގައި ފަށައިފިއެބެ. މި ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމްގައި 162 ފިރިހެން ފުލުހުންނާއި 48 އަންހެން ފުލުހުން ބައިވެރިވެފައިވެއެވެ.

މި ކޯހުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވުނު އިރު، މި ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޕޮލިސް އެކަޑެމީގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާނެވެ.

ފުލުހުންގެ މަސައްކަތަށް އަލަށް ނުކުންނަ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ މި އަސާސީ ތަމްރީނު ކޯހުގައި، ފިޒިކަލް ޓްރެއިނިންގގެ އިތުރުން ރައްކާތެރިކަމާއި، ގާނޫނާއި ގަވާއިދުތަކާއި އަދި ފުލުހުންގެ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.