ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރެފި

ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށް ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރެފިއެވެ. މި ސަރަހައްދުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މިއަދުގެ ހަވީރު 18:00 އާ ހަމައަށް މުޅި ރާއްޖޭގެ މޫސުން އޮންނާނެ ގޮތް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރައާއި ގުގުރުން ކުރިމަތިވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައިޖެހޭއިރު، އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13-23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާ ގުޅޭގޮތުން އިތުރަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެހެން ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ބެލެވެއެވެ. މީގެއިތުރުން، ދެކުނުގެ ސަރަހައްދުގައި ރާޅުގެ އުސްމިން 3-5 ފޫޓުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 5-7 ފޫޓުގައި ހުންނާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *