ޚަލީލު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

ޚަލީލު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

Author
ޙަސަން މުޙައްމަދު
03 ޖެނުއަރީ 2025 12:13
0

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި ރޭ އިންޑިއާއަށް ވަޑައިގެންފިއެވެ. "އެކްސް" ގައި ހަލީލް ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގައި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ފޮރިން މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ހަލީލް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ފެށުނުއިރު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް، ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު، ދެ ގައުމުގެ ގުޅުން މަޑުމަޑުން ރަނގަޅުވެ، އިތުރަށް ބަދަހިވެގެން ގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.