މަރުވެފައި އޮއްވާ ހުޅުމާލެ ފަޅުން ފެނުނީ މަޑުއްވަރީ މަސްވެރިއެއް

މަރުވެފައި އޮއްވާ ހުޅުމާލެ ފަޅުން ފެނުނީ މަޑުއްވަރީ މަސްވެރިއެއް

Author
އަހުމަދު
03 ޑިސެމްބަރ 2024 02:31
0

ހުޅުމާލެ ފަޅު ތެރޭގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނީ މ. މަޑުއްވަރީ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މަރުވެފައި އޮއްވާ ފެނުނީ އެ ރަށު އުމުރުން 36 އަހަރުގެ އިބްރާހިމް ޖިނާހު މުހައްމަދެވެ.

ކަންނެލި މަސްވެރިކަމުގައި، ދޯންޏެއްގައި އުޅޭ އެމީހާ މަރުވި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ރޭގެ ވަގުތެއްގައި ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރޭގައި، ފެން މަތީގައި އޮއްވައި އިބްރާހިމްގެ ހަށިގަނޑު ފެނުނީ އިއްޔެއެވެ.

ހުޅުމާލެ ސަހަރާގައި ރޭ ޖަނާޒާ ބޭއްވުމަށް ފަހު އިބްރާހިމްގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފައެވެ.

މިދިޔަ ހަފުތާގައި ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ވެސް އަނިޔާވެފައި އޮތް މީހަކު ފެނިފައިވެއެވެ. އެ މީހާއަށް އަނިޔާވީ އެ ސަރަހައްދުން ދަތުރުކުރި އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.