އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ، ހމ. ހައިރާތު އަލީ އަފްލަހު (27އ) ހައްޔަރުކޮށްފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދުގެ ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަފްލަހުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ އަދި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.
ކޮމެންޓު ފޮނުވާ