ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ބޮޑު ހާދިސާގައި ގެއްލުނު މީހުންގެ އަދަދު 2،400 އިން މައްޗަށް އަރައިފިއެވެ.
ހުކުރު ދުވަހާ ހަމައަށް ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި، މިހާތަނަށް 616 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ނޭޕާލާއި ޗައިނާގެ ސަލާމަތީ ފަރާތްތަކުން ދަނީ ހިމާލަޔާން ސަރަހައްދުގައި ވައިގެ މަގުން މީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
ގެއްލިފައިވާ މީހުންގެ ތެރޭގައި ސަރަހައްދުގައި ހިންގާ ހަކަތައާ ބެހޭ މަޝްރޫއުތަކުގައި މަސައްކަތްކުރަމުންދިޔަ 933 ހައިޑްރޯޕަވަރ މުވައްޒަފުންނާއި، ޓިބެޓްގެ ކައިލާޝް ފަރުބަދައަށް ދަތުރުކުރި ފަރާތްތައް ވެސް ހިމެނެއެވެ.
މި ހާދިސާގައި އެގައުމުގެ މައި އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން 35 އަށްވުރެ ގިނަ ބްރިޖު އެއްކޮށް ސުންނާފަތިވެ، 40 ކިލޯމީޓަރަށްވުރެ ގިނަ މަގު ވަނީ ހަލާކުވެފައެވެ. އިމާރާތްތައް ދަށުވެ އެތައް ބަޔަކު ތާށިވެފައިވާއިރު، ޒަޚަމްވި އެތައް ސަތޭކަ ބަޔަކު ފަރުވާއަށް ކަތަމަންޑޫއަށް ވަނީ ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ