އަޟްޙާ ޢީދު ފާހަގަކުރުމަށް މިރޭ މާލެ ސަރަހައްދުގައި ހަވާ އަރުވަނީ

އަޟްޙާ ޢީދު ފާހަގަކުރުމަށް މިރޭ މާލެ ސަރަހައްދުގައި ހަވާ އަރުވަނީ

Author
އަހުމަދު
30 މެއި 2026 05:13
0

މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މިރޭ މާލެ ސަރަހައްދުގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ މިރޭ 9:45 އާއި 10:15 އާ ދެމެދުގެ ވަގުތެއްގައި ވިލިމާލެއާ ދިމާ ބޭރުންނެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް 5 ވަރަކަށް މިނިޓަށް ކުރިއަށް ދާނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މިއީ ޢީދުގެ އުފާވެރިކަމުގައި އާންމުންނަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.