އޮކްޓޯބަރު 20 ގައި ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

އޮކްޓޯބަރު 20 ގައި ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

Author
އަހުމަދު
07 އޮކްޓޯބަރ 2026 05:25
0

ރައީސް ޑރ. މުހައްމަދު މުއިއްޒު، މި މަހު ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާނީ އޮކްޓޯބަރު 20 ގައި އެވެ. ނަމަވެސް، މި ދަތުރާ ބެހޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެ އެވެ.

ރައީސްގެ މި ދަތުރު ހަމަޖެހިފައިވަނީ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 16 މެންބަރުންގެ ވަފުދެއް ވޭތުވެދިޔަ މަހު ޕާކިސްތާނަށް ދަތުރުކުރުމަށް ފަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެ ވަފުދުގައި ހިމެނިވަޑައިގެންނެވި އެވެ.

އެ ދަތުރުގައި ސްޕީކަރު އަބްދުއްރަހީމް، ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް އަދި ޗީފް އޮފް އާމީ ސްޓާފް، ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާ ބައްދަލު ކުރެއްވި އެވެ. ފީލްޑް މާޝަލްގެ މަޤާމަކީ ޕާކިސްތާނުގެ ސިފައިންނަށް ދެވޭ އެންމެ އިސް ރޭންކެވެ.

މިކަންކަން ހިނގަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިޤްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް މިއަދު އިންޑިއާއަށް ވަޑައިގެންފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.