އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިއުލާނުކޮށް، އޭނާގެ ރަނިން މޭޓަކަށް މާލޭގެ މޭޔަރު އާދަމް އާޒިމްކަމަށް އިއުލާން ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ފައިސަލް މި ނިންމުން ހާމަކުރެއްވަމުން، 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ރަނިން މޭޓްގެ ގޮތުގައި ފައިސަލްގެ ދައުވަތު ގަބޫލުކުރީ، އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ރައީސާއި ނައިބު ރައީސް އެކުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.
ދެބޭފުޅުންވެސް ވިދާޅުވީ، ޕާޓީގެ ގިނަ ބޭފުޅުންނާއި އާންމު ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު އެއްބާރުލުމާއެކު މި ނިންމުމަށް ލިބުނު ކަމަށެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރެއްވި ހަތަރުވަނަ ބޭފުޅަކީ ފައިސަލެވެ. މީގެކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ވެސް ވާދަކުރާނެކަން އިއުލާނުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ