މަޑުޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތައް އަލުން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ރިޔާސީ ވަޢުދުތަކާއި ރާއްޖޭގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ފަހުގެ މަޢުލޫމާތު ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާ ހިއްސާކޮށް، މަސައްކަތް ހަލުވިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ތަކެތި ލިބުމުގައި ދިމާވި ދަތިތަކަށް ހައްލު ހޯދިފައިވާތީ، ލަސްވެފައިވާ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އިރުޝާދުދެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ނިންމުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް ރައީސް ބާރުއަޅުއްވައިފިއެވެ.
ރަށްރަށުގައި ފެށި ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމަށް އިދިކޮޅު ފަރާތްތަކުން ޝަކުވާކުރާއިރު، ސަރުކާރުން ބުނަނީ މަޝްރޫއުތައް ލަސްވަނީ ކުރީގެ ސަރުކާރުން ކަންތައްތައް ކުރި ގޮތުން ކަމަށެވެ.
ކޮމެންޓު ފޮނުވާ