ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަން ފަށަނީ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަން ފަށަނީ

Author
އަހުމަދު
30 މެއި 2026 05:08
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ބޭނުންވާ ވޯޓު ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ބަހައްޓާ 2 ފޮށްޓާއި، އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮށްޓެވެ. އީސީން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދު އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.