ކްރިމިނަލް ކޯޓުން މިއަދު ވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި ރޭސް ކާރު އެކްސިޑެންޓުގެ މައްސަލާގައި ބަންދުކޮށްފައި ހުރި އިކްރާމުއްރަހުމާނު ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
މި އެކްސިޑެންޓަކީ ބާރަށް ދުއްވި ކާރެއް ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ހިނގި ހާދިސާއެކެވެ.
އިކްރާމުއްރަހުމާނުގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އެ ކާރަށް އެރީ މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އާއިލީ ގެއަކަށް ދާން ޖެހިގެން، ފަސިންޖަރެއްގެ ގޮތުގައި ކަމަށެވެ. އެ ކަމަށް ރިއާޔަތްކޮށް އޭނާ ވަނީ ބަންދުން ދޫކޮށްލުމަށް އެދިފައެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، އިކްރާމުއްރަހުމާނަށް ދައުލަތުން ކުރާ ތުހުމަތުތަކަށް ބެލިއިރުވެސް، އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކާވާ ވަރުގެ ކަމެއް ނެތުމުން، އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ