އާސަންދަ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން 500 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ޒަމީރު

އާސަންދަ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން 500 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ޒަމީރު

Author
ހުސައިން
18 ނޮވެމްބަރ 2024 01:00
0

އާސަންދަ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން 500 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންގެ އަމިއްލަ އިންޝުއަރެންސް އޮތްނަމަ، އާސަންދަ ލިބޭނީ އެ އިންޝުއަރެންސްއަށް ކެނޑުމަށްފަހުގައެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އާސަންދަ ހިދުމަތަށް މި ބަދަލު ގެނައީ އިސްރާފުވާ ފައިސާ މަދުކުރުމަށް ކަމަށާއި، މީގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ފަށާފައިވާ ބަލްކް ޕްރޮކިއުމަންޓާއި ރޭވިފައިވާ އެހެނިހެން ރިފޯމްތަކާއެކު އާންމު ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނުދައްކާ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ލީކޭޖް ރަނގަޅުކުރުމުން 500 މިލިއަން ރުފިޔާއާ ގާތަށް ސަލާމަތްކުރެވޭނެކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ރިކަރަންޓް ހަރަދުގެ 5.1 އިންސައްތައަކީ އާސަންދައަށް ކުރާ ހޭދައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.